އެލަޔަންސް ފުޓްސަލް ކަޕް 2019 ގެ ކުއާޓަރ ފައިނަލަށް ޓީމްތަށް ދަތުރުކޮށްފި އެވެ.
އެލަޔަންސް ފުޓްސަލް ކަޕް 2019 ގެ ކުއާޓާރ ފައިނަލަށް ދިޔަ ޓީމްތަށް ކަށަވަރީ މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗްތައް މިދިޔަ ބުދަ ދުވަހު ނިމުމުންނެވެ. އެގޮތުން މި މުބާރާތުގެ ކުއާޓާރ ފައިނަލަށް ދަތުރުކޮށްފައިވަނީ ގްރޫޕް އޭގެ އެލަޔަންސް ސްޕޯޓްސް އާއި ވިއޯރިއަންސް އެވެ.

އަދި ގްރޫޕް ބީ ގެ ސްޓާރ ފޯސް އަދި ޔަންގް ސްޓާއާއި ގްރޫޕް ސީ ގެ ވިއޯރާ ސިޓީއާއި ކެޕިޓަލް ސިޓީއެވެ. ކުއާޓަރ ފައިނަލްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ 6 ޑިސެމްބަރ ގައި ބާރަށް ފުޓްސަލް ދަނޑުގައެވެ.

ޑިސެމްބަރ އެކަކުން ނުވަޔަކަށް ބާރަށު ފުޓްސެލްދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 12 ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ބާރަށުގައި ފުޓްސަލް ކުރިއަރުވައި، ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށް އެލަޔަންސް ސްޕޯޓްސް ކުލަބުން ބުނެއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރއަކީ އެޓޯލް ޓްރާންސްފަރއެވެ. އަދި ކޯ ސްޕޮންސަރއަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ކަމަށްވާއިރު، މި މުބާރާތުގެ މީޑިއާ ޕާޓްނަރ އަކީ ތިލަދުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!