އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވާ “ފަން ރަން” އަށް މިއަހަރުވެސް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
އެހެން އަހަރުތަކުގައި މި ހަރަކާތް އުރިދޫއިން ބާއްވާފައިވަނީ މާލެ ސަރަހައްދުގައެވެ. ނަމަވެސް މިއަހަރު ފުރަތަމަ ފަހަރަށް މި ހަރަކާތް ވަނީ އަތޮޅުތެރެއަށް ބަދަލުކޮށްފައެވެ. އެގޮތުން، މިއަހަރުގެ ހަރަކާތް ބާއްވާފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ.
މާލެއިން ބޭރުގައި ބޭއްވި މި ފުރަތަމަ “ފަން ރަން” އަށް އާއްމުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން ކުދި ބޮޑު އެންމެން ހިމެނޭހެން 3000 އަށްވުރެ ގިނަ މީހުން ވަނީ މިއަހަރުގެ ދުވުމުގައި ބައިވެރިވެފައެވެ.
އިއްޔެ މި ދުވުން ފަށާފައިވަނީ ހަވީރު 4:30 ގައި އެ ރަށު ރަށްމަތި ފަންނުންނެވެ. ދުވުން ފެށުމުގެ ކުރިން "ވާމް އަޕް" ކޮށްލުމަށް ކުޅުދުއްފުށި ސޯލްފިޓް ފިޓްނެސް ސެންޓަރުގެ ބައިވެރިންނާ އެކު ވަނީ ހާއްސަ ސެޝަނެއް ވެސް ބާއްވާފައެވެ.
މި ދުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އާއި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ބައިވެލެއްްވިއެވެ. އަދި، ކުޅުދުއްފުށީގެ އެހެނިހެން ކައުންސިލަރުންނާއި ހަނިމާދޫ، ނޮޅިވަރަންފަރު، މަކުނުދޫ، ހިރިމަރަދޫ އަދި ނެއްލައިދޫގެ ކައުންސިލްގެ ރައީސުން ވެސް ބައިވެރިވެލެއްވިއެވެ.
Check out our color throw in full swing with the runners loving every second of it. Check out these smiles! #OoredooFunRun@kfcitycouncil @kulhudhuOnline @sstvmv @mrckfcity @MNDF_Official @KRHmv pic.twitter.com/lXUuoSm3oG
— Ooredoo Maldives (@OoredooMaldives) May 5, 2023
ފަސް ކިލޯމީޓަރުގެ މި މަޖާ ދުވުމުގައި ކޮންމެ ކޮލޯމީޓަރަކަށް ދުވުމަށް ފަހު މަޖާ ހަރަކާތްތްތަކެއް ވަނީ ބާއްވައިފައެވެ. އެގޮތުން، ކުލަޖެހުމާއި "އިންފްލެޓަބަލް އޮބްސްޓެކްލްސް"ގެ އިތުރުން ރަން ނިންމާލުމުގެ ގޮތުން ފޯމް ޕާޓީއެއް ވަނީ ބާއްވާައެވެ.
މި ދުވުން ފުރިހަމަ ކުރި ކޮންމެ ބައިވެރިއަކަށް ވަނީ އެކަމުގެ މެޑަލްވެސް ހަދިޔާކޮށްފައެވެ.
މި ހަރަކާތާ ގުޅިގެން ކުޅުދުއްފުށީގެ ކައުންސިލުން ވަނީ މާލެއިން ބޭރުގައި ބާއްވާ ފުރަތަމަ ފަން ރަން އެ ރަށުގައި ބޭއްވުމުން އުރީދޫއަށް ޝުކުރު އަދާ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!