މޭޑޭގެ މުޒާހަރާ އަކީ ރާއްޖޭގެ ތާރީޚް ބަދަލުކޮށްލި މުޒާހަރާއެއް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލާތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީން އިސްވެ އޮވެ 2015 ވަނަ އަހަރުގެ މޭޑޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ގިނަ ބައެއްގެ މައްޗަށް ތުހުމަތުކޮށް ގިނަ ބަޔަކު ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި އިމްރާން ހިމެނޭހެން ސިޔާސީ ގިނަ ވެރިންގެ އިތުރަށް ބައެއް އާއްމުންވެސް ހިމެނެއެވެ.

Ad
rt

މޭޑޭ މުޒާހަރާއާ ގުޅިގެން 32 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލިއިރު، މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އަދާލަތު ޕާޓީ 69،000 ރުފިޔާ އިން އަދި އެމްޑީޕީ 53،000 ރުފިޔާއިން ޖޫރިމަނާ ވެސް ކުރިއެވެ.

އެ މުޒާހަރާއާއި ގުޅިގެން އިމްރާން މިއަދު ވިދާޅުވީ، އަނިޔާކުރާ މީހުންނާއި، އެކަމަށް ތާއީދުކުރާ މީހުންނަށް ގަބޫލު ނުކުރެވުނަސް މޭޑޭގެ މުޒާހަރާ އަކީ ރާއްޖޭގެ ތާރީޚް ބަދަލުކޮށްލި މުޒާހަރާއެއް ކަމަށެވެ.

މީގެ އިތުރުން މޭޑޭގެ މުޒާހަރާގެ ދޮގުތައް ހާމަވަމުންދާކަމަށް ބުނެ އިދިކޮޅު ޕީޕީއެމްގެ ސެނެޓާ އެއް ކުރި ޓްވީޓަކަށް ރައްދުދެއްވައި އިމްރާން ވިދާޅުވީ، “ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން ދިވެހިން ސަލާމަތް ކުރެވުނީ މޭޑޭގައި ދިވެހިން ދެއްކި އެއްބައިވަންތަ ކަމާއި، ކުރި ހިތްވަރުގެ މައްޗަށް ބިނާކުރެވުނު މަސައްކަތުގެ ސަބަބުން ކަމަށެވެ.