ފުލުހުންގެ ތަރައްގީއަށް އިމްރާން ކުރެއްވި އެއްވެސް ކަމެއްނެތް: ރިޔާޟް

އެމްއެންޕީގެ ޕީޖީ ލީޑަރު ރިޔާޟް، ފޮޓޯ: މަޖިލިސް
އެމްއެންޕީގެ ޕީޖީ ލީޑަރު ރިޔާޟް، ފޮޓޯ: މަޖިލިސް

ދިވެހި ފުލުހުންގެ ތަރައްގީއަށް ހޯމް މިނިސްޓަރު އިމްރާން އެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި އެއްވެސް ކަމެއްނެތްކަމަށް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ފުރުއްވާފައިވާ، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާންގެ ޒަޢާމަތުގައި ފުލުހުންގެ ޚިދުމަތަށާއި، ފުލުހުންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަން މިނިސްޓަރު އިމްރާން މީގެ ކުރިން އެކިފަހަރުމަތިން ވަނީ ފާހަގަ ކުރައްވާފައެވެ.

ދިވެހި ފުލުުހުންގެ ހިދުމަތަށް 90 އަހަރު ފުުރުން ފާހަގަ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިމްރާން ދެއްކެވި ވާހަކަ އޮންލައިން ނޫހަކުން ގެނެސްދީފައިވާއިރު، ރިޔާޟްގެ ބަހުގެ ހަމަލާ އަމާޒު ކުރެއްވީ އެ ނޫހުގައި ޚަބަރާއި ގުޅުވައިގެންނެވެ.

“ޖަލުގައި ތިބޭ ގައިދީންނަށް ވުރެ އަތޮޅު ތެރޭގެ ފުލުހުން ނިދާ ތަނުގެ ހާލު ބޮޑު - އިމްރާން” މި ސުރުޚީގެ ދަށުން ގެނެސްދީފައިވާ މި ޚަބަރު ޓްވީޓާގައި ހިއްސާ ކުރައްވަމުން ރިޔާޟް ވިދާޅުވެފައި ވަނީ،  އިމްރާން އެހެން ވިދާޅުވާން ލަދުގަންނަން ޖެހޭނެ ކަމަށެވެ.

އެ ޚަބަރުގައިވާގޮތުން އިމްރާން ރޭ ދެއްކެވި ވާހަކާގައި ވަނީ، ވޭތުވެދިޔަ ހަތަރު އަހަރާއި ފަސް މަހުގެ ތެރޭގައި އެކި ރަށްރަށަށް ދަތުރުކޮށް ފުލުހުންނާއި ބައްދަލު ކުރެވޭއިރު، ފުލުހުންގެ ދިރިއުޅުމުގެ ހާލަތަށް ބަލައިލުމުން އަސަރު ކުރާ ކަމަށް ވިދާޅުވެފައެވެ.

ޖަލުގައި ހާލަތު ރަނގަޅުކޮށް ތިބޭ ގައިދީންނަށް ވުރެ އަތޮޅު ތެރޭގެ ފުލުހުން ނިދައި ކައިބޮއި ހަދަން ޖެހޭ ތަނުގެ ހާލު ބޮޑުކަމަށާއި، އެހެން ނަމަވެސް އެ ހިދުމަތް ދިނުމުގައި ފަރުވާ ކުޑަ ކުރުމެއް ނެތި ކޮންމެ ދުވަހަކުސް ފުލުހުން ކުރާ ބުރަ މަސައްކަތަކީ ބަލައިގަންނަން ޖެހޭ ކަމެއް ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި