ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމް މާފަންނަށް ބަދަލުކުރަން ނިންމައިފިއެވެ.
ބީއެމްއެލްގެ ޑޮލަރު އޭޓީއެމް މިހާރު ހުންނަނީ ހެންވޭރު ކިންގް ސަލްމާން މިސަކިތް ކައިރީގައެވެ. އެ އޭޓީއެމް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށް އެ ބޭންކުން މިްަދު ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ.
ބޮޑުތަކުރުފާނު މަގުގައި ގާއިމުކޮށްފައިވާ އޭޓީއެމް ސެންޓަރު ބަންދުކޮށް، އެތަން ބަދަލު ކުރަނީ ކުރީގެ ސްޓާ ސިނަމާ އިމާރާތުގައި ހުންނަ އޭޓީއެމް ސެންޓަރަށެވެ.
ބީއެމްއެލުން ބުނި ގޮތުގައި މި ބަދަލު ގެންނާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.
އޭގެ ފަހުން ސްޓާ ސިނަމާ އިމާރާތް، މ. ސްޓާ ކްލައުޑް ބިލްޑިންގައި ހުންނަ އޭޓީއެމްތައް ބޭނުންކުރާނީ ހަމައެކަނި ޑޮލަރުގެ މުއާމަލާތްތަކަށް އެކަނި ކަމަށްވެސް ބޭންކުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!