ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރމަންޓް ސޮސައިޓީ (މާރެެސް) އިން ބާއްވާ އަތޮޅު ވޮލީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
އެ ޖަމިއްޔާއިން 'ތިލަދުން' އަށް ބުނީ މިއީ އެ އަތޮޅުގެ ހުރިހައި ރަށަކަށް ހުޅުވާލައިގެން 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެއް ކަމަށެވެ.
މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މެއި މަހުގެ 15 އަށް ހުޅުވާލާފައިވާއިރު، މުބާރާތް ކުރިއަށްދާނީ ޖޫން އަދި ޖުލައި މަހު ކަމަށް ވެސް ބުނެއެވެ. އަދި އަންހެން ޑިވިޜަންގެ ކުޅުން ޖޫން 10 ގައި ފެށުމަށް ނިންމާފައިވާއިރު، ފިރިހެން ޑިވިޜަން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 14 ގައި ކަމަށް ވެސް ބުނެއެވެ.
އެ ޖަމިއްޔާއިން އިތުރަށް ބުނީ ކޮންމެ ޑިވިޜަނެއްގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ދައުވަތު މިހާރުވަނީ އަތޮޅުގެ ހުރިހާކައުންސިލްތަކަށް ފޮނުވާފައިވާ ކަމަށެވެ. އަދި މިމުބާރާތުގައި ކޮންމެ ރަށަކުން ވެސް ވާދަކުރެވޭނީ ކޮންމެ ޑިވިޜަނަކުން އެއްޓީމު ކަމަށެވެ.
ފައިބެއަހަރު މި މުބާރާތުގައި 6 ރަށަކުން 10 ޓީމު ވާދަކޮށްފައިވެއެވެ. އެ ފިރިހެންޑިވިޜަންގައި ގޮއިދޫ، މާޅޮސް، ކަމަދޫ، އޭދަފުށި، ކެންދޫ އަދި ފުޅަދޫ އެވެ. އަންހެންޑިވިޜަންގައި މާޅޮސް، ގޮއިދޫ، ކަމަދޫ އަދި އޭދަފުއްޓެވެ.
މިއީ މާރެސްގެ ފަރާތުން މިއަހަރު މާޅޮހުގައި ބާއްވާ ތިން ވަނަ ވޮލީމުބާރާތެވެ. މިއަހަރުގެ މާރިޗް މަހު އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބޭއްވި އިންވިޓޭޝަން ކަޕްގައި ހަތަރު ޓީމެއް ވާދަކޮށް ޗެމްޕިއަންކަން ހޯދީ ވައްކަރެވެ. އަދި ހަތަރު ޓީމް ވާދަކުރި ރަށުވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 8ބާ އިން ހޯދާފައިވަނީ، ވޭތުވެދިޔަ އަހަރުގެ ޗެމްޕިއަން ޓީމުފުޅަފި 3-2 ސެޓުން ބަލިކުރުމަށްފަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!