ފަރުކޮޅު ފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާ ހިނގާފައިވަނި ހުޅުމާލޭ ފޭސް 2 ފަރުކޮޅު ފުށީގައި ހުރި ބާ އިމާރާތެއްގައި ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 5:07 ހާއިރު ކަމަށާއި އަލިފާން ރޯވީ، ނާސަރީއެއްގެ ގޮތުގައި ބޭނުންކުރާ އިމާރާތެއްގައި ކަމަށް ވެސް ބުނެއެވެ.
އެ އިދާރާ އިން އިތުރަށް ބުނީ މި އަލިފާން މިހާރުވަނީ ކޮންޓްރޯލްކޮށްފައި ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީިހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ހުޅުމާލެ ފަޔަރ ސްޓޭޝަނުގެ ސިފައިން އެ އަލިފާން ނިންވުމުގައި ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!