ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓެއް ހިނގައި، މީހަކަށް އަނިޔާވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިއީ ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓެއް ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ރިޕޯޓުކޮށްފައިވަނީ މިއަދު 11:45 ހާއިރު ކަމަށެވެ.
ސައިކަލު ދުއްވަން އިނީ އުމުރުން 18 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާއަށް އަނިޔާވެފައިވާ ކަމަށް ވެސް ބުނެއެވެ.
އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާތީ ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓް ހިނގީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިތިގަސް މަގު އެމްޕީއެލް ފްލެޓްތައް ކައިރީގައެވެ.
މި ރޯދަމަހުގައި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވެފައިވާއިރު، ފުރަތަމަ 15 ދުވަހު 173 އެކްސިޑެންޓެއް ވަނީ ރިޕޯޓު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!