މި ރަމަޟާން މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ފިތުރު ޒަކާތުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ޢާންކުރައްވައިފައިވާ ތަފާސް ހިސާބުން ދައްކާގޮތުގައި ފާއިތުވި 3 އަހަރުގެ ނިޞްބަތުން މިއަހަރުގެ މި މުއްދަތުގައި ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ޢަދަދު އިތުރެވެ.
1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ މި މުއްދަތުގައި ޒަކާތުގެ ގޮތުގައި 5.9 މިލިޔަން ރުފިޔާ ލިބިފައިވާއިރު، 1442 ވަނަ އަހަރު ލިބިފައިވަނީ 5.3 މިލިޔަން ރުފިޔާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ. އަދި 1443 ވަނަ އަހަރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 5.9 މިލިޔަން ރުފިޔާ ކަމަށް ވެސް ދައްކައެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހު، ޒަކާތް ބަލައިގަންނަށް ފަށާފައިވާއިރު، އޮންލައިންކޮށް ޒަކާތް ބަލައިގަތުން މިހާރު ވަނީ މެދުކަނޑާލާފައެވެ. އަދި މިހާރުވަނީ ގޮވާމުން ޒަކާތް ބަހަން ފަށާފައެވެ.
ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅައަޅުއްވައިފައިވާ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން، އެބަޔަކު އާއްމުކޮށް ކައިއުޅޭ ބާވަތަކުން 2.4 ކިލޯއަށްވާ ފައިސާއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!