އެމް.އޭ.ކަޕް 1444ގެ ނަމުގައި މާލެ އަތޮޅު ހުރާގައި ބާއްވަމުން އަންނަ ފޯރިގަދަ ވޮލީ މުބާރާތުގައި ރޭގެ މެޗް ތްރީޑީ އިން ކާމިޔާބުކޮށް ސެމީ ކަށަވަރުވެ، ފައިނަލާ ގާތަށްޖެހިލައިފިއެވެ.
ބާކީ އެއް މެޗު، ތްރީޑީއަށް އޮތް އިރު ދެން އޮތް މެޗުން މޮޅުވެއްޖެނަމަ ސެމީ ނުކުޅެ ސީދާ ފައިނަލަށް ދާނެއެވެ.
ރޭގެ މެޗުގައި ތްރީ ޑީއާއި ތަންޑަރ ބޯލްޓް ބައްދަލު ކުރިއިރު ރާއްޖޭގެ ގައުމީ ޓީމުގެ ތިން ކުޅުންތެރިން ހަސަން ނިލާމް (ޕާޓޭ) ހުސެން ވިޝާމް (ބުޅިކެ)، ހުސެން ޔޫސުފް (ޓޯއީ) ހިމެނޭ ތިރީ ޑީ އިން ކާމިޔާބުކުރި އިރު، ޕާޓޭގެ ތަފާތު މޮޅު ހަމަލާތަކެއް ކޯޓުގެ ކުރިންނާއި ފަހަތުން އުފައްދާފައި ވެއެވެ.
މި ހަމަލާތައް އުފެއްދުމުގައި ގައުމީ ޓީމުގެ ތަޖުރިބާކާރު ސެޓަރ މުހިންމު ދައުރެއް އަދާކުރި އިރު، ޓޯއީގެ ގިނަ ބުލޮކް ތަކެއް ފެނިގެންދިޔައެވެ.
ތްރީޑީ އަދި ތަންޑަރ ބޯލްޓް ބައްދަލު ކުރި މިމެޗު ފެށިގެން ފުރަތަމަ ސެޓްގައި ފަސޭހަ ކަމާއެކު ޓީމް ތްރީޑީ ލީޑު ނަގައި 18/25 އިން ފުރަތަމަ ސެޓް ކާމިޔާބު ކުރި އެވެ.
ދެވަނަ ސެޓުގައި ތަންޑަރ ބޯލްޓުން ލީޑު ނަގައި 20/25 ސެޓް ކާމިޔާބު ކުރިއެވެ. ނަމަވެސް ތަންޑަރ ބޯލްޓްގެ ސެޓަރު ހުސްނީ އަބުދުއްރަޙުމާން ކުރީމެޗުގައި ފަޔަށްލިބުނު އަނިޔާ ރަނގަޅު ނުވެ، ކުޅެން ޖެހުމުން އުދަގޫތަކާ ކުރިމަތިވެ ރޭގެ މެޗާވެސް ވަކިވާން ޖެހުނެވެ.
މި ހިސާބުން ޓީމު ތަންޑަރ ބޯލްޓްގެ ޔަންމާ، ފާޒިލް އަދި ފަތުން އަށް މާ އެދެވޭ ކުޅުމެއް ނުދެއްކުމުގެ ނަތީޖާއަކީ ޓީމް ތްރީޑީ އަށް ފަސޭހަވެ، ތިންވަނަ ސެޓް 19/25 ކާމިޔާބު ކުރުމެވެ. އެހެންނަމަވެސް ހަތަރުވަނަ ސެޓުގައި ޓީމް ތަންޑަރ ބޯލްޓުން ލީޑް ނަގައި ވަރަށް ވާދަވެރި އަދި ފޯރިގަދަކޮށް ކުޅެމުން ދަނިކޮށް ސެޓް ނިމެން ދެތިން ޕޮއިންޓަށް ވެފައި ވަނިކޮށް، އެއް ސާވީސް ނެޓަށް އަނެއް ސާރވީސް ބޭރަށް ކުރެވުނެވެ.
މިހިސާބުން ނަތީޖާ އެނބުރި ފޯރިގަދަ މިމެޗް 22/25 ކާމިޔާބުކޮަށް، ތިން ސެޓު އެއްސެޓން ރޭގެ މެޗު ޓީމް ތްރީޑީ ކާމިޔާބު ކުރި އެވެ.

ވޮލީ ބޯލް އެސޯސިއޭސަން ގެ ކުރީގެ ރައީސް އަދި މިހާރުގެ ސެންޓަރަލް އޭޝިއާ ޒޯންގެ ވޮލީބޯލް އެސޯސިއޭސަންގެ ރައީސް މުޙައްމަދު ލަތީފް ޝަރަފުވެރި ކޮށްދެއްވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ތްރީޑީގެ ޖާރޒީ ނަންބަރ 11 ހަސަން ނިލާމް (ޕާޓޭ) އެވެ.
މިމެޗު ބައްލަވާ ލެއްވުމަށް ވޮލީ ބޯލް އެސޯސިއޭސަން ގެ ކުރީގެ ރައީސް މުޙައްމަދު ރިޔާޒު ވެސް ވަޑައިގެންނެވިއެވެ.
މިރޭ ވެސް މި މުބާރާތުގެ ފިރިހެން ބައިގެ މެޗެއް އޮންނާނެއެވެ. ބައްދަލު ކުރާނީ ހިންމަފުށި ސްޕޯޓްސް އާއި ލަންކާގެ ތަޖުރިބާކާރު ކުޅުންތެރިން ތަކެއް ހިމެނޭ ތުލުސްދޫގެ ޓީމް ބުލެކް އީގަލްސް އެވެ.
މިމެޗް ފެށޭނީ މިރޭ 9:30 ގައެވެ. މިމެޗު އެމް.އޭ.ކަޕް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!