ފެނަކައިން ކުންފުނިތަކަށް ދޭންޖެހޭކަމަށް ބުނާ ފައިސާ އަވަސްކޮށްދިނުމަށް އެދި ގޮވައިލާ ހުށަހެޅި މައްސަލަ މަޖިލީހުން ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.
މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ، އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.
މި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެމްބަރުންނެވެ.
މި މައްސަލަ ބަހުސްކުރަން ނުފެންނަކަމަށް 18 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
މިފަދަ މައްސަލަ އެއް ފެންމަތިވެފައިވާކަމަށް ބުނާއިރު، މި މައްސަލައާއި ގުޅިގެން ފެނަކައިން އަދި އެއްޗެއް ނުބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!