ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ 20 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯ އާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން އެސްޓީއޯ އާ ހަވާލުކުރި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާދިލް އެވެ. އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސަޢީދު އެވެ.

Ad
rt

މި އެއްބަސްވުމުގެ ދަށުން 90 ދުވަހުގެ ތެރޭގައި 20 އެމްބިއުލާންސް ރާއްޖެ ގެނެސް ހެލްތް މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށް އެސްޓިއޯ އިން ބުނެއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް، ޚާއްސަކޮށް އަތޮޅުތަކުގެތަކުގައި މި ނިޒާމު ހަރުދަނާ ކުރުމަށް ސަރުކުާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ހެލްތު މިނިސްޓްރީންމީގެ ކުރިން ވެސް ވަނީ އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އެމްބިއުލާންސް ގެނެސްފައެވެ.

އެ ފަހަރު ގެނައީ 96 އެމްބިއުލާންސެވެ. އެ އެމްބިއުލާންސްތައް މިހާރު ދަނީ ރަށްރަށުގައި ބޭނުންކުރަމުންނެވެ.