ކ. ހުރާގައި މިހާރުކުރިއަށްދާ އެމްއޭ ކަޕް 1444 ގައި ރޭ ކުޅުނު މެޗު ތުލުސްދޫގެ ޓީމު ބްލެކް އީގަލްސް އިން ކާމިޔާކޮށްފިއެވެ.
މި މުބާރާތުގައި ރޭ ބައްދަލުކުރީ ސްރީލަންކާގެ ސީނިއަރ ގައުމީ ޓީމްގެ ދެ ކުޅުންތެރިން ކަމަށްވާ އިސުރު އާއި ދީޕްތީ އަދި ގައުމީ ޓީމް ކޯޗް ހިމެނޭ ތުލުސްދޫގެ ބުލެކް އީގަލްސް އާއި ލަންކާގެ ގައުމީ ޓީމުގެ މަހޭސް އަދި ކުޅަދާނަ ބީޗް ވޮލީ ކުޅުންތެރިޔާ މުޙައްމަދު އަލީ (ޑެންޒޯ) ހިމެނޭ ހުރާގެ ޓީމް މަންފާ އެވެ.
ވަރަށް ފޯރިގަދަ ކުޅުމަކަށް ފަހު ބުލެކް އީގަލްސް އިން ސެޓުތައް ގެންގޮސްފައިވަނީ 22/25 ،17/25 އަދި 17/25 އިންނެވެ.
މި މެޗު ބުލެކް އީގަލްސް އިން ކާމިޔާބުކުރުމުގައި ސްރީލަންކާގެ އިސުރު އަދި ދީޕްތީގެ ކުޅުން ވަރަށް ބޮޑަށް ފާހަގަ ކުރެވުނެވެ.
މެޗުން ބަލިވި ކަމުގައި ވިޔަސް ޓީމް މަންފާގެ މަހޭޝްގެ ކުޅުން ވެސް ފާހަގަކުރެވުނެވެ.
ވޮލީ ބޯލް އެސޯސިއޭސަންގެ ކުރީގެ ރައީސް މުޙައްމަދު ލަތީފު ޝަރަފުވެރި ކޮށްދެއްވި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ބުލެކް އީގަލްސްގެ ޖާރޒީ ނަންބަރު ސަތާރަ އިސުރުއެވެ.

މި މެޗު ބައްލަވާލެވުމަށް ގައުމީ ޓީމުގެ ކުރީގެ ކޯޗް މުޙައްމަދު ޝަރަފް އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވަޑައިގެންނެވިއެވެ.
ރޭގެ މެޗަކީ މިހައިތަނަށް އެންމެ ގިނަ ސަޕޯޓަރުން ހާޒިރުވި މެޗެވެ. އެގޮތުން މި މެޗު ބެލުމަށްޓަކައި ތުލުސްދޫ އިން ވެސް ވަރަށް ގިނަ ބަޔަކު ވަނީ އައިސްފައެވެ.
މި މުބާރާތުގައި މިރޭ 9:30 ގައި ކުޅޭނީ ފިރިހެން ޑިވިޜަން ގެ މެޗެކެވެ. ބައްދަލުކުރާނީ ޓީމް ތުރީ ޑީ އާއި ޓީމް ހިންމަފުށި ސްޕޯޓްސްއެވެ.
މިމެޗު އެމް.އޭ.ކަޕް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!