ފަހު ދިހައިގެ ރޭތަކުގައި މާލެ ސަރަހައްދުގައި ދަމު ނަމާދު ކުރާ މިސްކިތްތައް އިއުލާން ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި މާލެ ސަަރަހައްދުގެ 32 މިސްކިތެއްގައި ދަމު ނަމާދު ކުރުމަށް ވަނީ ހަމަޖައްސާފައެވެ. އެއީ މާލޭގެ 18 މިސްކިތަކާއި ވިލިމާލޭގެ 3 މިސްކިތަކާއި ހުޅުމާލޭގެ 11 މިސްކިތެކެވެ.
އެގޮތުން މާލޭގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒު، މަސްޖިދުލް މަލިކު ސަލްމާން، މަސްޖިދުއްސުލްތާނު މުހައްމަދު ބިން އަބްދިﷲ، މަސްޖިދުއްސުލްތާނު މުހައްމަދު ޝަމްސުއްދީން ހިމެނެއެވެ. އަދި މަސްޖިދުއްސުލްތާނު މުހައްމަދު ފަރީދުލްއައްވަލު، މަސްޖިދުއްސުލްތާނު ހަސަން އިއްްޒުއްދީން، މަސްޖިދުއް ސަލާހުއްދީންމަސްޖިދުލް ފުރްގާން، މަސްޖިދުލް ޖަލާލުއްދީން، މަސްޖިދުއް ނޫރު ވެސް ހިމެނެއެވެ.
މީގެ އިތުރުން މަސްޖިދުލް އިބްރާހިމް އާއި މަސްޖިދުއް ޝަހީދު އަލީ އާއި މަސްޖިދުލް އިސްކަންދަރުފަނޑިޔާރު މިސްކިތާއި މަސްޖިދުއް ސުލްތާން މުހައްމަދު އިމާދުއްދީން ވެސް މި ލިސްޓުގައި ހިމެނެއެވެ. އަދި މަސްޖިދުއް ސުލްތާނު މުހައްމަދު ޖަމީލު ދީދީ އާއި މާފަންނު އާ މިސްކިތާއި މަސްޖިދުލް އަލީ ހުސެއިން ވެސް ހިމެނެއެވެ.
އިއުތިކާފަށް ތިބުމުގެ އިންތިޒާމު، އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައިވަނީ މާލޭގެ 7 މިސްކިތަކާއި ވިލިމާލޭގެ މިސްކިތަކާއި ހުޅުމާލޭގެ 6 މިސްކިތެއްގައެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު ދިހަައިގެ ރޭތަކުގައި މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް އަންނަނީ ދަމު ނަމާދާ ކުރުމުގެ އިތުރުން އިއުތިކާފުގައި ތިބެމުންނެވެ.
އެގޮތުން މިދިޔަ އަހަރު މާލޭގެ 17 މިސްކިތަކާއި ވިލިމާލޭ ތިން މިސްކިތެއްގެ އިތުރުން ހުޅުމާލޭ އަށް މިސްކިތެއްގައި ދަމުނަމާދު ކޮށްފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!