މައްސަލަ ގަނޑަކަށްފަހު ށ. އަތޮޅު ކައުންސިލަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.

މި މަގާމަށް ހަމަޖައްސާފައިވަނީ ށ. ފުނަދޫ، ތަރި މުހައްމަދު ހަސަން އެވެ.

Ad
rt

މިކަމާއި ގުޅިގެން ށ. އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަދި ށ. ފޭދޫ ކައުންސިލުގެ ރައީސް އަގްމަދު ރައިޝަމް 'ތިލަދުން' އަށް ވިދާޅުވީ އެސްޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވުނީ ވަރަށް މަސައްކަތުން ކަމަށާއި ސިވިލް ސާވިސް ކޮމިޝަންގެ އުނދަގޫތައް ވެސް ކުރިމަތިވި ކަމަށެވެ.

އޭނާ ވިދާޅުވީ އެ މަގާމަށް މީހަކު ހޯދުމަށް ފުރަތަމަ އިއުލާން ކުރުމުން ހަތަރު މީހަކު ކުރިމަތިލި ކަމަށާއި އޭގެތެރެއިން 1 ވަނަ އަދި ދެވަނަ އަށް ހޮވުނު ފަރާތުގެ މައްސަލަ ހުރުމުން ކަމަށް ބުނެ، ސިވިލް ސަރވިސް ކޮމިޝަނުން އެމީހުން ނުނެގީ ކަމަށެވެ. އަދި ތިން ވަނައަށް ހުރީ ސިޔާސީ ގޮތުން ނަގަން ބޭނުންވާ މީހެއް ކަމަށާއި އެއީ ސިޔާސީ ފަރާތެއްގެ އާއިލީ މީހެއް ކަމަށެވެ.

އެހެންކަމުން އެކަމާއި ހިތްހަމަނުޖެހި މައްސަލަ ކޯޓަށް ވައްދައިގެން ކާމިޔާބުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައިޝަމް ވިދާޅުވީ އެސްޖީގެ މަގާމަށް ހަމަޖެއްސި މުހައްމަދު ހަސަން، އިއްޔެ ވަޒީފާއަށް ނުކުމެފައިވާ ކަމަށެވެ.