މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖޭޕީ އިން ވާދަކުރާނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ޖޭޕީގެ ކައުންސިލުން ފާސްކޮށްފިއެވެ.

އެ ކައުންސިލުން މިގޮތަށް ފާސްކުރީ މިއަދުއެވެ.

Ad
rt

ޖޭޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ފަރާތެއް ހޮވުމަށް، ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވައިލުމުން އެކަމަށް ކުރިމަތިލައްވާފައި ވަނީ ވެސް ގާސިމް ގިނިކަންޏާއެވެ.

ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާނީ ގާސިމް ކަމަށާއި އެމަނިކުފާނު ކެންޑިޑޭޓު ކަމަށް ޝަރުތު ހަމަވާ ކަމަށް ވަނީ ފާސްކޮށްފައެވެ.

ސަރުކާރު ކޯލިޝަނުގައި ވެސް ހިމެނޭ ޖޭޕީން، ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމީ ކޯލިޝަން ހަދަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސާލިހު ދައުވަތު ދެއްވާފައިވަނިކޮށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ، ސެޕްޓެމްބަރ 30 ގައެވެ.