މީސްމީޑިއާގައި ދައުރުވަމުންދަނީ ޅ. ހިންނަވަރުން ގޯތިލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗާގެ ސީނިއާ އެގްޒެކްޓިވް ޑައިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވެއްޖެއެވެ.

ހުޅުމާލެއިން ގޯތި ލިބޭ މީހުންގެ ލިސްޓެއްކަމަށްބުނެ މިއަދު ވަނީ މީސްމީޑިއާގައި ބަޔަކު ލިސްޓެއް ދައުރުކޮށްފައެވެ. ދައުރުކުރި ލިސްޓްގައި ބައިން ފެންނަނީ މުޅިން ވެސް ހިންނަވަރު މީހުންނަށް ގޯތި ލިބިފައިވާކަމަށެވެ.

Ad
rt

އެ ލިސްޓާ ގުޅިގެން އާރިފް ކުރެއްވި ޓްވީޓެއްގައި ވަނީ މީސްމީޑިއާގައި ދައުރުވަމުންދަނީ ހިންނަވަރު ހިއްކިބިމުން ގޯތި ދޫކުރަން ކުރި އިއުލާނާ ގުޅިގެން ހިންނަވަރު ކައުންސިލުން އިޢުލާނުކޮށްފައިވާ އެރަށުން ގޯތިލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ކަމަށް ވިދާޅުވެފައެވެ.

އޭނާ ވަނީ އެ ޓްވީޓްގައި ހިންނަވަރު ކައުންސިލްގެ ޢިއުލާންގެ ކޮޕީއެއް ވެސް ހިމަނާފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެއާއި، ގުޅީފަޅުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިގޮތުން މާލޭގެ ރައްޔިތުންނަށް ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެން 5،000 ގޯތި ދޭނެ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އެއީ ހުޅުމާލެއިން 1،000 ގޯއްޗާއި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެން ކޮންމެ ތަނަކުން 2،000 ގޯއްޗެވެ.