“ދުލުގައި ހިފައިގެން ނުދެމުމަށް’’ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ)ގެ ކިބައިން އެދިވަޑައިގެންފިއެވެ.

ޝިފާޢު މިގޮތައް އެދިވަޑައިގަތީ މީސްމީޑިއާގައި ޚިޔާލުފާޅު ކުރައްވައި ވައްޑޭ ދެއްކެވި ވާހަކައަކަށް ރަށްދު ދެއްވަމުންނެވެ.

Ad
rt

ޚިޔާލު ފާޅުކުރަމުން ވައްޑޭ ވިދާޅުވީ، 2019 ވަނަ އަހަރު މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވަކިން ވާދަކުރަން ޤައުމީ މަޖިލިސް އިއްތިފާޤުން ނިންމައި، ދާއިރާތަކުގައި ޕްރައިމަރީތައް ބާއްވައި ކެންޑިޑޭޓުން ހޮވާފައި ވަނިކޮށް، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް، އެމްޑީޕީގެ ބައެއް ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތް ކުރެއްވިކަން ވެސް ހަނދާންކުރަންޖެހޭ ކަމަށެވެ.

ވައްޑޭ މިހެން ވިދާޅުވުމުން ޝިފާޢު ވަނީ ‘’ދުލުގައި ހިފައިގެން ނުދެމުމަށް’’ އެދިވަޑައިގެން ވައްޑޭ އަށް ރައްދު ދެއްވާފައެވެ.

‘’މީހުންގެ ދުލުގަ ހިފާގެން ނުދަމަބަލަ. އަޅުގަނޑާދެކޮޅަށް މަސައްކަތްކުރީ އެމްޑީޕީ ގެ ރައީސާ ނައިބު ރައީސް.’’ ވައްޑޭ ވިދާޅުވިއެވެ.

ޝިފާޢު އެހެން ވިދާޅުވުމުން ވައްޑޭ ވިދާޅުވެފައި ވަނީ، ‘’2019 ގައި އެމްޑީޕީ ރައީސާ ނައިބު ރައީސް އިދިކޮޅަށް އެއްވެސް ކަމެއް ކުރިނަމަ ޝިފާއު ނުހޮވުނީސްކަން އެންމެން ދަންނާނެ.’’ ކަމަށެވެ.