މާލޭގެ ބޮޑުތަކުރުފާނު މަގުގައި އިންދި ކަދުރު ރުއްތަކުގެ ބުޑުގައި އިންދި ބޯގަންވިލާ ގަސްތައް ވަގަށް ގެންދާތީ މާލޭ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ވިދާޅުވީ، މާލޭގެ ބޮޑުތަކުރުފާނުމަގު ޒީނަތްތެރި ކުރުމުގެ ގޮތުން ކަދުރު ރުއްއިންދާ އޭގެ ޕިޓް ތަކުގައި ޖަހާފައި ހުރި ބޯގަންވިލާ ގަސްތައް ވަގަށް ނަގަމުންދާކަން ހިތާމައާއި އެކު ފާހަގަކުރާ ކަމަށެވެ.
އެހެންވެ، ބޯގަން ވިލާ ގަސްތައް ވަގަށް ނުގެންދިޔުމަށް ނަސޭހަތްތެރިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
''ޗާލު މާލެ ސިޓީ އަމާޒަށް ވާސިލުވުމުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން މުހިންމު'' ސިޓި ކައުންސިލުން ވިދާޅުވެފަވެއެވެ.
ބޮޑުތަކުރުފާނުމަގު ޒީނަތްތެރި ކުރުމުގެ ގޮތުން ކަދުރު ރުއްއިންދާ އޭގެ ޕިޓް ތަކުގައި ޖަހާފައި ހުރި ބޯގަންވިލާ ގަސްތައް ވަގަށް ނަގަމުންދާކަން ހިތާމައާއި އެކު ފާހަގަ ކުރަން.ވީމާ މިކަން މިގޮތަށް ނުކުރުމަށް ނަސޭހަތްތެރިވަން.1/2 pic.twitter.com/gWSddnZ7vH
— Male' City Council (@MaleCitymv) March 24, 2023
ސިޓީ ކައުންސިލުން އަންނަނީ މާލޭ ފެހިކޮށް، ޒަމާނީ ސިޓީއަކަށް ހެދުމުގެ ލަނޑުދަނޑިއެއް ކަނޑައަޅައި، އެ އަމާޒަށް މަސައްކަތް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!