ދިވެހި ރާއްޖެ އަށް ވެސް ރޯދަ މަހުގެ ފުރަމަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.
ރާއްޖޭގައި ހަނދު ސާބިތު ކުރުމަށް މިރޭ ވެރިރަށް މާލޭގައި ބޭއްވި އިހްތިފާލަށްފަހު ނެރުނު ހަނދާއި ބެހޭ ގަރާރުގައި ބުނެފައި ވަނީ މާދަމާ އަކީ މި އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި އަދި މިއަހަރުގެ ރަމަޟާން މަހުގެ 1 ވަނަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށެވެ.
ރާއްޖެއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ކަމަށް ކަނޑައެޅިއިރު، ސައޫދީ އަރަބިއްޔާއިން ވެސް ވަނީ އެ ޤައުމަށް ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް ކަނޑައަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!