ސަޢޫދީ އަރަބިއްޔާ އަށް 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ބުރާސްފަތި ދުވަސްކަމަށް އެ ޤައުމުން ކަނޑައަޅައިފިއެވެ.
ސައޫދީ މީޑިއާއިން ބުނީ އެ ޤައުމަށް ހަނދު ފެނިފައިނުވާ ކަމަށެވެ. އެހެންކަމުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
އެހެންކަމުން ތަރާވީޙް ނަމާދު އޮންނާނީ މާދަމާ ރޭ ކަމަށް ވެސް އެ ޤައުމުގެ މީޑިއާއިން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!