ރާއްޖެ އަށް ކިލޯއަކަށް ވުރެ ގިނަ ޑްރަގް އެތެރެކުރި މައްސަލައެއްގައި މިދިޔަ އަހަރު ހައްޔަރުކުރި އެމެރިކާ މީހަކަށް ދައުވާ ނުކޮށް, އޭނާ ޑީޕޯޓް.ކޮށްލަން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ މެއި މަހު ވައިގެ މަގުން 1.87 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި އެމެރިކާ އަންހެނަކު ހައްޔަރުކޮށް، އޭނާ މައްޗަށް އޮތީ ދައުވާކޮށްފަ އެވެ.

Ad
rt

.ޕީޖީ އޮފީހުން މިއަދު ބުނީ އޭނާ ގައުމަށް ޑީޕޯޓްކޮށްލަން ނިންމީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ކަމަށެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންނަށް ދައުވާ ނުކޮށް، ޑީޕޯޓްކޮށްލެވޭ ގޮތަށް ދާދިފަހުން އިމިގްރޭޝަނުން ވަނީ ގަވާއިދެއް ހަދައިފަ އެވެ. އެކަމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒު ވިޔަސް، ސަރުކާރާއި ޕީޖީ އޮފީހުން ވެސް ވަނީ އެ ގަވާއިދު ދިފާއުކޮށްފަ އެވެ.