•  
  •  
  •  
  •  
  •  
  •  

އުމުރުން އެންމެ ހަ އަހަރުގައި ގުރުއާން ހިތު ދަސްކުރި ރ. އިނގުރައިދޫ އުދަރެސް/ ޔޫސުފް ބިން މާޒިން އަށް ޕާކިސްތާން އިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ވަސީމް އަކްރަމް ހިތްވަރުދެއްވާ އެކަމުގެ އަގު ވަޒަންކޮށް ލެޕްޓްޕެއް ހަދިޔާ ކުރައްވައިފިއެވެ.

ޔޫސުފް އަށް ލެޕްޓޮޕް ހަދިޔާ ކުރައްވާފައިވަނީ އިއްޔެ ރައްޖޭގެ ޕާކިސްތާން އެމްބަސީގައި ޔޫސުފްގެ އާއިލާ އާއި އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައެވެ.

ރާއްޖޭގެ ޕާކިސްތާން ސަފީރު މިކަން ފާހަކޮށްފައިވަނީ ނިމިގެންދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ހާފިޒްގެ ޝަރަފް ޔޫސުފަަށް ލިބިފައިވާތީ އެކަމުގެ އަގު ވަޒަން ކުރުމަށް ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

މިހާ ޅައުމުރެއްގައި ކީރިތި ގުރުއާން ހިތުދަސްކޮށްފައިވާތީ އެކަމުގެ އަގުވަޒަންކޮށް ޔޫސުފްއަށް ހިތްވަރުދެއްވާ ރައީސްލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްވެސް ވަނީ ޔޫސްފްއާއި ޔޫސުފްގެ އާއިލާއާއި ބައްދަލުކުރައްވާފައެވެ.

ދޮންދޫނި ލިޓްލް ލާނާސް ޕްރީ ސުކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ޔޫސުފް ކީރިތި ގުރުއާން އެއްކޮށް ހިތުދަސް ކޮށްފައިވާތީ އިސްލާމިކް މިނިސްޓަރވެސް ވަނީ ހިތްވަރުދެއްވާފައެވެ.

ޔޫސުފް އަކީ ދިވެހިރާއްޖޭގައި މިހާ ޅާއުމުރެއްގައި ކީރިތި ގުރުއާން ހިތުދަސްކުރި ފުރަތަމަ ފަރާތްވެސްމެއެވެ. މިއަދު މިކުޑަ ކުޑަ ޔޫސުފް އަކީ މުޅި ގައުމު ފަހުރުވެރިވާ ފަދަ ދަރިއެއްވެސްމެއެވެ. އަދި އަޅުގަނޑުމެން އެމެންވެސް އެދެނީ މިކުޑަ މުޖުތަމައުގައި ޔޫސުފް ފަދަ އެތައް ޔޫސުފެއް އުފެދިގެން ދިޔުމެވެ.

1 ޚިޔާލު

  1. ޢަސްލުމިގައުމަށް ވެގެން މި އުޅޭގޮތަކީ ޑިމޮކުރަސީއޭ ކިޔާފަ ދިވެހިންނާ ނުގުޅޭ ނިޒާމެތް ގެނެސް މި ކުޑަކުޑަ މުޖުތަމައުއައްވައްޓާލީ ރައީތުން ވާނުވާނޭގި ބައިބައިވީ ކިޔެވުމެތް ނަމާދު ކުރުމެތް ނެތި އަބަދުވެސް ޕާޓީތަކުގެ ވެރިންނަށް މަންފާހޯދަދެން ތެޅިފޮޅެނީ ނަމުގަހުރިހާ ކަމެތްވެސް ރައަތުންނަށް އެކަމަކު ހުރިހާ ފައިދާއެތްނަގަނީ ވެރިން

Your email address will not be published.

More in ރާއްޖެ