ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ކުރިއަށް އޮތް ރޯދަމަހު ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މިއަދު އާންމު ކޮށްފިއެވެ.

މިކަމާއި ގުޅިގެން އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ރޯދަމަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށެވެ.

Ad
rt

މީގެއިތުރުން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ކެއިން ބުއިމުގެ ޚިދުމަތް ދިނުމަށް އެ މިނިސްޓްރީން ކަނޑައަޅާފައިވާ ވަގުތަކީ ފަތިހު 04:30 އިން މެންދަމު 03:00 އަށެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުން އެ މިނިސްޓްރީން އާންމު ކޮށްފައިވާ ގަޑިތަކާއި އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.