ރާއްޖެ އެތެރެކުރަން އުޅުނު ނުވަލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ބުނީ މިއީ އިނގިރޭސި ވިލާތުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށެވެ.
މި ތަކެތި އަތުލައިގަތީ މިމަހުގެ 7 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައި ފާސް ކުރުމުގެ ތެރޭގައިި ކަމަށާއި އެއީ 250 ގުރާމު މަސްތުވާތަކެތި ކަމަށް ވެސް ބުނެއެވެ.
ކަސްޓްމަސް އިން ބުނީ ފުރަތަމަ މަރުހަލާގައި އެތަކެތި ޓެސްޓް ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 520 ގުރާމު ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 9،00،000 ނުވަލައްކަ ރުފިޔާއަށް އަރާކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
މިމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް މިޕެކޭޖް ވަނީ ފުލުހުންނާއި ހަވާލުކޮށްފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!