އަންހެނުން ބާރުވެރިކުރުވުމަށްޓަކައި ދާއިރާގައި އަންހެނުންނާއި ފިރިހެނުންނާއި ދެމެދު އޮތް ފަރަގު ކުޑަކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ، ކުރެއްވި ޓްވީޓުގައި ރައީސް ވިދާޅުވީ ޑިޖިޓަލް ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް ސަމާލުކަން ދޭންޖެހޭކަމަށެވެ.

Ad
rt

"މި ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހު އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، އަޅުގަނޑުމެންގެ މުޖުތަމަޢުތައް މަތިވެރިކުރުމުގައި އަންހެނުން އަދާކުރާ، އެއަށް އިންކާރު ނުކުރެވޭ ދެވަނަ އެފަދައެއް ނުވާ ދައުރު" ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ޝިއާރަކީ ޑިޖިޓަލް (DigitALL): ޖެންޑަރ އިކުއަލިޓީއަށް އިނޮވޭޝަން އަދި ޓެކްނޮލޮޖީއެވެ.