6 ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް 10 މެއި 2023 ގައި ބޭއްވުމަށް ނިންމައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައި، ހޭންޑްބޯލް މޯލްޑިވްސް ކުރި ޢިއުލާންގައި ބުނީ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ އެ އެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކުން، މުބާރާތުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު 26 މާރިޗް 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެ އެސޯސިއޭޝަންއަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވާ ކުލަބުތަކުގެ ޓީމް ލިސްޓް 30 އޭޕްރީލް 2023 ވާ އަދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެ އެސޯސިއޭޝަނުގެ އޮފީހަށް ހުށައެޅަން ޖެހެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމުތައް ގަލޮޅު ދަނޑުގައި ހުންނަ ހޭންޑްބޯލް މޯލްޑިވްސްގެ އޮފީހުން ލިބޭނެކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

އެ އެސޯސިއޭޝަނުން ބުނިގޮތުގައި މި މުބާރާތުގައި ބައިވެރިވާ ކުލަބްތަކުގެ މެދުގައި ގުރުއަތުލުން ބޭއްވޭނެ ތަނަކާއި ވަގުތު ފަހުގެ ތާރީޚެއްގައި އަންގާނެއެވެ.

އިތުރު މައުލޫމާތު ބޭނުންވާނަމަ އެ އެސޯސިއޭޝަން ގެ ޖެނެރަލް ސެކްރެޓަރީ (9879555) އާއި ގުޅުމަށް ހޭންޑްބޯލް މޯލްޑިވްސްއިން ވަނީ އެދިފައެވެ.