ށ. މާއުނގޫދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި، ބ. މާޅޮސް ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
މި ދެރަށުގެ މަޝްރޫޢުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
މިގޮތުން ށ. މާއުނގޫދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ 16,132,014 ރުފިޔާއަށެވެ. އެމްޓީސީސީ އާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭ ނިންމުމަށެވެ.
ބ. މާޅޮސް ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 75,034,098.36 ރުފިޔާއަށެވެ.
މާޅޮހުގެ މި ދެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެތެރޭ ނިންމާގޮތަށެވެ.
އެމްޓީސީސީއަކީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ ގިނަ މަޝްރޫޢުތައް ހިންގަމުން އަންނަ ދައުލަތުގެ ކުންފުންޏެވެ. މިގޮތުން ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ބަނދަރު އަޕްގްރޭޑްކޮޑް މަރާމާތު ކުރުމާއި، މަގު ހެދުމާއި، އެއާޕޯޓު ތަރައްގީ ކުރުމާއި، ސަރުކާރުގެ އިމާރާތްތައް އެޅުންފަދަ އެތައް މަޝްރޫޢުއެއް އެ ކުންފުނިން އަންނަނީ ހިންގަމުންނެވ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!