ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމަށް ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު މިއަދު ހަމަޖައްސައިފިއެވެ.

ޖޭޕީން ކުރި ޓްވީޓެއްގައި ވަނީ ނިހާން އެ މަގާމަށް ހަމަޖެއްސިކަން ހާމަކޮށް އޭނާއަށް މަރުޙަބާ ކިޔާފައެވެ.

Ad
rt

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިހާން އެ މަގާމަށް ހަމަޖައްސައި އޭނާއަށް މަޤާމުގެ ލިޔުން ހަވާލުކޮށް ދެއްވީ ޖޭޕީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމެވެ.

ނިހާނުގެ އިތުރުން ޖޭޕީ ލީޑަރުގެ ދެ އެޑްވައިޒަކު ތިއްބަވައެވެ. އެ ދެ ބޭފުޅުންނަކީ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްޙާމް އަޙްމަދާއި، ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ.

ޖޭޕީން އަންނަނީ އެ ޕާޓީގެ ގައުމީ ކޮންފަރެންސް މިމަހުގެ 24-25 ގައި ބާއްވަން މަސައްކަތް ކުރަމުންނެވެ.

ޖޭޕީގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ އަސާސީ ޤަވާޢިދަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހަޅަން ވަނީ ނިންމާފައެވެ.