ރައްޔިތުންގެ މަޖިލިސްގެ އިދާރާގައި ޖިމެއް މިއަދު ހުޅުވައިފިއެވެ.

މަޖިލީހުން ވިދާޅުވެފައިވާ ގޮތުގައި މި ޖިމަކީ މަޖިލީހުގެ މެންބަރުންނާއި، މުވައްޒަފުން ބޭނުން ކުރުމަށް ހާއްސަކުރެވިފައިވާ ޖިމެކެވެ.

Ad
rt

މި ޖިމް މިއަދު ހުޅުއްވައި ދެއްވީ ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދެވެ. މި ރަސްމިއްޔާތުގައި މަޖިލީހުގެ މެންބަރުންނާއި، އިދާރީ އިސްވެރިންނާއި އަދި މުވައްޒަފުން ވެސް ބައިވެރިވިއެވެ.

މި ޖިމް ގާއިމުކޮށްފައި ވަނީ މަޖިލީހުގެ އައު އިމާރާތުގެ 12 ވަނަ ފަންގިފިލާގައެވެ.