މާލޭގެ މަގު ކޮނުމުގެ ފީ ބޮޑުކުރަން މާލޭ ސިޓީ ކައުންސިލުން ހެދި އުސޫލު ބާތިލްކުރަން ސްޓެލްކޯ އިން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.
މާލޭގެ މަގުތަކުގެ މަސައްކަތް ކުރުމާ ބެހޭ އުސޫލާއި މަގު ކޮނުމާބެހޭ އުސޫލެއް އެކުލަވާލައި، އެ މަސައްކަތުގެ ފީތައް ބޮޑުކުރަން ސިޓީ ކައުންސިލުން ނިންމި މައްސަލާގައި އެ ދެ އުސޫލު ބާތިލް ކުރަން ސްޓެލްކޯ އިން ހައި ކޯޓަށް ހުށަހެޅީ އެއީ ގާނޫނާ ހިލާފު އުސޫލުތަކެއް ކަމަށް ބުނެ އެވެ.
ނަމަވެސް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުމުގައި ވަނީ ގާނޫނަކުން ބާރު ލިބިގެންވާ ހަދާފައިވާ ގަވާއިދެއް ނުވަތަ އުސޫލެއް ގާނޫނާ ހިލާފުވާ ކަމަށް ބުނެ ހުށަހަޅާ މައްސަލަތަކުގައި އެކަމުގެ ސަބަބުތައް ތަފުސީލުކޮށް ބަޔާން ކުރަން ޖެހޭއިރު، ސްޓެލްކޯ އިން އެ މައްސަލާގައި އެ ސަބަބުތައް ތަފްސީލުކޮށް ބުނެދީފައި ނުވާ ކަމަށެވެ.
އާ އުސޫލުގެ ދަށުން މަގު ކޮނުމުގެ ފީ 154 ޕަސެންޓް ބޮޑު ކޮށްފައި ވިޔަސް، ސިޓީ ކައުންސިލުން ބުނާގޮތުން އާންމު ހިދުމަތްތަކަށް މަގު ކޮންނައިރު ފީ ނުނަގާނެ އެވެ.ޮ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!