ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާގެ މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދަން ނުފެންނަކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ޖޭއެސްސީ މިއަދު ވިދާޅުވީ، ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާއެއްގެ އަޑުއެހުމުގައި ދަޢުވާއަށް އިޢުތިރާފުވެފައިވީނަމަވެސް، އެ ޤަޟިއްޔާއަކީ އަވަސް ނިޔާގައި ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަން ލިޔެކިޔުމުންނާއި އިސްމެޖިސްޓްރޭޓު ފަތުޙުﷲ ޖަމީލް މޫސާގެ ބަހުން އެނގެން އޮންނަ ކަމަށެވެ.
އެހެންކަމުން އެ ޤަޟިއްޔާގައި އިސްމެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާ ޢަމަލުކޮށްފައިވަނީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނާއި ޚިލާފަށް ކަމަށް ބެލެވެންނެތް ކަމަށެވެ.
ކަންމިހެން އޮތުމުން އެ މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދަން ނުފެންނަކަމަށް 29 ޖަނަވަރީ 2023 ވީ އާދިއްތަ ދުވަހު ބޭއްވި ޖޭއެސްސީގެ 8 ވަނަ ޖަލްސާގައި ވަނީ ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!