މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުން މާދަމާ އޮންނާނެއެވެ.
މިއީ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއެވެ. މި ޖަލްސާގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ.
ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވާއިރު، މިއީ އެ އަހަރުގެ ތެރޭގައި ސަރުކާރުން ކުރާނެ ކަންކަމާއި ގުޅޭ މައުލޫމާތު ދެއްވުމަށް ރައީސް ދެއްވާ ބަޔާނެކެވެ.
ރިޔާސީ ބަޔާނަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީން ޖަވާބު ދިނުން ވެސް އޮންނާނެއެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސް ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މަޖިލިސް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވުން ފިޔަވާ އިތުރު ކަމެއް ނޯންނާނެއެވެ.
މިއީ ރައީސް ސާލިހުގެ ފަސް ވަނަ ރިޔާސީ ބަޔާނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!