ދެ ރަށެއްގައި އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ގދ. ފިިޔޯރީ އާއި ގދ. މަޑަވެލީގެ އައިސްޕްލާންޓުގެ މަސައްކަތެވެ.

Ad
rt

އިއްޔެ ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަޙްމަދު ޔާމީނެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދު މުޙައްމަދެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފިޔޯރީ އާއި މަޑަވެލީގައި ވެސް ގައިމްކުރުމަށް ހަމަޖެހިފައިވަނީ 25 ޓަނުގެ އައިސް ޕްލާންޓެވެ. މި ދެ އައިސް ޕްލާންޓް ނިންމުމަށް ފެނަކައަށް ދީފައިވަނީ 170 ދުވަހުގެ މުއްދަތަކެވެ.

ފިިޝަރީޒް މިނިސްޓްރީން މި ދެ އައިސްޕްލާންޓުގެ މަސައްކަތް ފެނަކައާ ހަވާލު ކުރީ ކޮންމެ އައިސްޕްލާންޓެއް 4.89 މިލިއަން ރުފިޔާއަށެވެ.