އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ހަތަރުވަނަ ބުރުގައި ކުޅުނު މެޗު ކާމިޔާބުކޮށް، މުބާރާތުގެ ފަސްވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.

ރޭ ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މެޗު އެ ޓީމުން ވަނީ 3-1 ގެ ނަތީޖާއިން ރެޑިންގެ މައްޗަށް ކުރި ހޯދާފައެވެ.

Ad
rt

މެޗުގައި ޔުނައިޓެޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ޔުނައިޓެޑުން ވަނީ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ލަނޑެއް ޖަހާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ރަޝްފޯޑެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ޔުނައިޓެޑްގެ ކުޅުންތެރިއަކު އޮފްސައިޑް ވުމުން އެ ލަނޑު ވަނީ ބަލައި ނުގަނެފައެވެ.

މެޗުގެ ފުރަތަމަ ލަނޑު 55 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކަސެމީރޯއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އެންތަނީގެ އެހީތެރިކަމާއި އެކުގައެވެ.

ފުރަތަމަ ލަނޑު ޖެހިތާ ދެ މިނެޓް ފަހުން ފްރެޑް ދިން ބޯޅައެއް ރެޑިންގެ އޭރިއާ ބޭރުގައި ހުރެ ކަސެމީރޯ ފޮނުވާލި ބާރު ހަމަލާއަކުން އޭނާ ވަނީ ޔުނައިޓެޑަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ރެޑިންގެ އެންޑީ ކެރޮލްއަށް ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާޑު ދައްކާފައެވެ. ވުމާއެކު މެޗުގެ ފަހުބައި އެ ޓީމުން ފުރިހަމަ ކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ތިންވަނަ ލަނޑު 66 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ފްރެޑެވެ.

ޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް ރެޑިން އިން ވެސް ވަނީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެ ގޮތުން، އެ ޓީމުން ވަނީ މެޗުގެ 72 ވަނަ މިނިޓްގައި ލަނޑެއް ޖަހައިފަ އެވެ. މިއީ ޓޮމް އިންސް ނެގި ކޯނަރަކުން، އަމަޑޫ އެމްބެންގޫ ޖެހި ލަނޑެކެވެ.