ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ސާވިސް ސެންޓަރު އެހެން އިމާރާތަކަށް ބަދަލުކުރަން ނިންމައިފިއެވެ.
އެ ކުންފުނިން ބުނީ ކަސްޓަމަރ ސަރވިސް ހިދުމަތްތައް ބަދަލުކޮށްފައިވަނީ ހުޅުމާލޭގެ އެޕޯލޯ ޓަވަރަށް ކަމަށެވެ.
އެޗްޑީސީ ބިލްޑިންގ ގައި މީގެކުރިން ދެމުންދިޔަ ހުރިހައި ހިދުމަތެއް އައު އޮފީހުން ވެސް ލިބޭނެ ކަމަށާއި މާދަމާއިން ފެށިގެން އެ ހިދުމަތްތައް ދެމުން ގެންދާނީ އެޕޯލޯ ޓަވަރުގެ އެއްވަނަ ފަންގިފިލާގައި ހުންނަ އެކުންފުނީގެ އައު ކަސްޓަމަރ ސަރަވިސް އޮފީހުން ކަމުގައި ސްޓެލްކޯ އިން ބުނެއެވެ.
ކަސްޓަމަރުންގެ ސަމާލުކަމަށް: މިކުންފުނިން ހުޅުމާލޭ ގައި ކަސްޓަމަރ ސާރވިސް ޚިދުމަތް ފޯރުކޮށްދެމުން ދިޔަ އޮފީސް އެޗް ޑީސީ ބިލްޑިންގ އިން ހުޅުމާލޭ އެޕޯލޯ ޓަވަރަށް ބަދަލުވުމާއި ގުޅިގެން، އެ އޮފީހުން ދެމުން ގެންދާ ހުރިހާ ޚިދުމަތެއް ދެމުން ގެންދާނީ އެޕޯލޯ ޓަވަރުގެ pic.twitter.com/AqB6hnOcJI
— STELCO (@STELCOMALDIVES) January 28, 2023
މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުނިން، ސަރުކާރުގެ ނެޓްޒީރޯ އަމާޒަށް ވާސިލްވުމަށާއި ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކޮށް، ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރުމަށް މިހާރުވަނީ އަމާޒު ހިފާފައެވެ. އަދި މިހާރު މަސައްކަތްކުރަމުން ދަނީ އެ ކުންފުނީގެ ގްރިޑްގައި ބޭނުންކުރާ 35 އިންސައްތަ ހަކަތަ އަކީ، އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ވެސް ވަނީ އަމާޒު ހިފާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!