އުރީދޫގެ މިއަހަރުގެ ކަލަންޑަރުވެސް ވަރަށް ތަފާތު، އެމްބެސެޑަރަކަށް ޒުވާން ދަނޑުވެރިޔާ

Grow With Ooredoo

"ގްރޯ ވިތް އުރީދޫ" މި ޝިއާރުގެ ދަށުން ރާއްޖޭގައި އާންމުކޮށް ހެދޭ ގަސްގަހުގައި އަޅާ ރީތި މާތައް ދައްކުވައިދޭ އުރީދޫ މޯލްޑިވްސް ގެ 2023 ވަނަ އަހަރުގެ ޑެސްކް ކަލަންޑަރު މިއަދު އިފްތިތާހުކޮށްފިއެވެ.

ގްރޯ ވިތް އުރީދޫ ޝިއާރު މި އަހަރުގެ ކެލެންޑަރ އަށް ހަމަ ޖައްސާފައިވަނީ 2023 ވަނަ އަހަރަކީ އުރީދޫ އަށް 18 އަހަރު ފުރޭ އަހަރުކަމުންނާއެކުގައި ކަމަށްވެސް އެކުންފުނިން ބުންޏެވެ. މިއަދު ލޯންޗުކުރެވުނު މި ކަލަންޑަރުގައި ރާއްޖެއިން އާންމުކޮށް ފެންނަ މާމެލާމެލި އީޖާދީ އޮގްމެންޓެޑް ރިއަލިޓީ ޙިދުމަތް މެދުވެރިކޮށް ތަޖުރިބާ ކޮށްލުމުގެ އިތުރުން ކޮންމެ މަހަކަށް ހާއްސަ ކުރެވިފައިވާ މާ ގަހުގެ އޮށާއި ގަސް އިންދުމަށް 12 ގަސް ޕޮޓުވެސް ކަލަންޑަރާއެކު ލިބޭނެއެވެ.

ހޮޓޭލް ޖެންގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި ކަލަންޑަރ އިފްތިތާހުކުރެވިގެން ދިޔައީ ވަޑައިގެންތިއްބެވި ބޭފުޅުން ކަލަންޑަރު ލާފައިވާ ފޮށިގަނޑު ހުޅުވާލުމުން އުދުހިގެން ދިޔަ ކޮކާތަކަކުންނެވެ.
ކަލަންޑަރުގައި ކޮންމެ މަހެއްގައި ކުރު ތައާރަފަކާއެކު ރާއްޖޭގައި އާއްމުކޮށް ފެންނަ ތަފާތު މަލެއް ދައްކުވައިދެއެވެ.

ކަލަންޑަރު ބޭނުންކުރާ ފަރާތްތަކަށް އެ މަހަކަށް ޙާއްސަކޮށްފައިވާ ސޮފްހާގައި ފެންނަން ހުންނަ ސްނެޕްޗެޓް ކޯޑް ސްކޭންކޮށް އެ މަހަކަށް ހާއްސަކޮށްފައިވާ މާ އޮގްމެންޓެޑް ރިއަލިޓީ ތަޖުރިބާކޮށްލެވޭނެއެވެ. އޭއާރް ފީޗާގެ އިތުރުން ހުރިހާ އުމުރުފުރައަކާ ގުޅުވާލާ، ކޮންމެ މަހަކަށް ޙާއްސް ކުރެވިފައިވާ މާ ގަހުގެ އޮށާ ގަސް އިންދުމަށް 12 ޕޮޓް ކަލަންޑަރުގައި އެކުލަވައިލައިފައެވެ.

ކަލަންޑަރާއެކު ލިބޭ 12 ގަހުގެ އޮށް ހިމަނައިގެން ހަދާފައިވާ ކަރުދާހެއް ވަނީ އެ މަހަކަށް ހާއްސަ ކަލަންޑަރު ސޮފްހާގައި ހިމަނާފައެވެ. މި ކަރުދާހުގައިވާ އޮށް އިންދާނެ ގޮތުގެ ގްރޯ ގައިޑެއްވެސް އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. ކަލަންޑަރު ޕޭޖްގައި ވާ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން ގްރޯ ގައިޑް ހުޅުވިގެންދާނެއެވެ.

ކަލަންޑަރު ލޯންޗުކުރުމުގެ އިތުރުން މި ހަފްލާގައި އުރީދޫ މޯލްޑިވްސް އިން ވަނީ ގްރޯ ވިތް އުރީދޫ ކެމްޕެއިން އެމްބެސެޑަރަކަށް ރަމްޒީ ހުސައިން - ޒުވާން ދަނޑުވެރިޔާ ވެސް ހަމަޖައްސައިފައެވެ. ގްރޯ ވިތު އުރީދޫ ކެމްޕެއިންގެ ދަށުން ޒުވާން ދަނޑުވެރިޔާއާ އެކު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވައިފާވާކަންވެސް އެ ކުންފުނިން ހާމަކުރެއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް ކޮމަރޝަލް އޮފިސަރ، ހުސެއިން  ނިޔާޒް ވިދާޅުވީ، މި ކަލަންޑަރަކީ އޮގްމެންޓަޑް ރިއަލިޓީ އާއި އެކު ރާއްޖޭގައި ހެދޭ ރީތި މާތައް ދައްކުވައިދޭ އީޖާދީ ކަލެންޑަރެއް ކަމަށެވެ. އަދި މި ކެލަންޑަރުން އޮގްމެންޓަޑް ރިއަލިޓީގެ އެހީގައި ރާއްޖޭގައި އާންމުކޮށް ފެންނަ މާތައް ކޮންމެ ތަނެއްގައި ހުރެގެންވެސް ތަސައްވުރު ކޮށްލެވޭނެކަމަށާއި މީގެ އިތުރުން ގަސް އިންދުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކޮންމެ މަހަކަށް ހާއްސަ ކޮށްފައިވާ މާ ގަހުގެ އޮށާއި ގަސް އިންދާނެ ޕޮޓުވެސް ހިމަނާފައި ވާނެ ކަމަށެވެ.

"މި ކަލަންޑަރުގެ ސަބަބުން އަޅުގަނޑުމެންގެ އުއްމީދަކީ ވީހާވެސް ގިނަ މީހުން އަމިއްލަ އަށް ގަސްގަހާގެހި ހައްދައި، ގުދުރަތުގެ އަގު ވަޒަންކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް. އުރީދޫއާ އެކު މިއަހަރުގެ ކަލަންޑަރުގެ ޝިއާރުގެ ދަށުން - އަޅުގަނޑުމެންގެ ކެމްޕެއިން އެމްބެސެޑަރެއްގެ ގޮތުގައި ޒުވާން ދަނޑުވެރިޔާ އާއި އެކު މި މެސެޖް އިތުރަށް ކުރިއަށް ގެންދިއުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ."

ހުސެއިން  ނިޔާޒް ވިދާޅުވި އެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް http://ore.do/calendar2023 އަށް ޒިޔާރަތް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި