ހއ. އިހަވަންދޫގައި ބާއްވާ ހއ އަތޮޅުގެ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ 'މައިކަޕް' ފުޓްބޯޅަ މުބާރާތުގެ މީޑިޔާ ޕާރޓްނަރ އަކަށް "ތިލަދުން" ހަމަޖައްސައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ޢަބްދުﷲ(މުޙައްމާ) ގެ ވާދައިގެ ތައްޓަށް ކުޅޭ މި މުބާރަތް މިފަހަރުވެސް އިންތިޒާމު ކުރަނީ ކުލަބް ޕޯލްސް ސްޓާރ އިންނެވެ.

ޕޯލްސްޓަރ އިން ވަނީ މިއަހަރުގެ މުބާރާތުގަ ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން މިމަހުގެ 25 ގެ 15:00 ގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމަށް ޕޯލް ސްޓަރއިން ބުނެއެވެ. ލޭޓް އެންޓްރީގެ ގޮތުގައި މިމަހުގެ 26 ވަނަދުވަހުގެ 16:00 އަށް ފުރުޞަތު އޮތް އިރު ޓީމް ލިސްޓް ހުށައެޅުމުގެ ސުންގަޑިއަކީ މިމަހުގެ 29 ވަނަދުވަހުގެ 16:00 އެވެ.
ޑިސެމްބަރ މަހުގެ 6 ވަނަ ދުވަހު ބާއްވާ މިމުބާރާތުގައި ބައިވެރިވެވޭނީ އިހަވަންދޫ ޒުވާނުންނަށާއި އިހަވަންދޫ ފިޔަވައި ހއ އަތޮޅުގެ ކުލަބު ޖަމުއްޢިއްޔާތަކާއި ކުންފުނިތަކާއި ރިސޯރޓްތަކާއި ސަރުކާރު މުއައްސަސާތަކުގެ ޓީމުތަކަށެވެ.
އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މި އަހަރުގެ މުބާރާތުގަވެސް ޗެމްޕިއަން ޓީމަށް 75000 ރުފިޔާ އަދި ރަނަރަޕް ޓިމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައިއެވެ.
މިމުބާރާތް މެދުނުކެނޑި ކުރިއަށް ގެންދާތާމިއީ 13 ވަނައަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!