އަގުހުރި އިނާމުތަކާއެކު މިއަހަރުގެ އެސްޓީއޯ "ރަމަޒާން ބާޒާރު" ފަށައިފިއެވެ.
އެސްޓީއޯ ރަމަޒާން ބަޒާރު ސޭލަކީ ކޮންމެ އަހަރަކުވެސް އެ ކުންފުނީގެ ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލު އެއް ސޭލްއެވެ. މިއަހަރުގެ ރަމަޒާން ބާޒާރު ސޭލް އިފްތިތާހުކޮށްދެއްވީ ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރުއެވެ.
އެސްޓީއޯއިން ބުނީ އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ ރަމަޒާން ބަޒާރުގައިވެސް ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެކަމަށެވެ.
މި ސޭލް ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ރީޖަނަލް ފިހާރަތަކުގައި 29 އެޕްރީލްގެ ނިޔަލަށެވެ. އަދި އެސްޓީއޯ މަކިޓާ ޝޯރޫމް އާއި ނިޕޯން ޝޯރޫމްގައި ރަމަޒާން ބާޒާރު ކުރިޔަށްދާނީ 1 ފެބްރުއަރީ އިން 29 އެޕްރީލްގެ ނިޔަލަށެވެ.
އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަން ތެރޭގައި އެސްޓީއޯ ރީޖަނަލް ފިހާރަތަކާއި ޕީޕަލްސް ޗޮއިސްގެ އިތުރުން އެސްޓީއޯ މަކިޓާ ޝޯރޫމް އަދި ނިޕޯން ޝޯރޫމުން އިން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. މި އަހަރުގެ ރަމަޒާން ބާޒާރުގައި އެސްޓީއޯއިން ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި ޑިޖިޓަލް ކޫޕަން ކަމަށް އެސްޓީއޯއިން ބުންޏެވެ.
އޭގެ އިތުރުންވެސް މި ޕްރޮމޯޝަންގައި ހުރިހާ އައުޓްލެޓްތަކުންވެސް ނަސީބުވެރި އެއް ފަރާތް ހޮވައި އިނާމެއްގެ ގޮތުގައި ދެ މީހަކަށް އުމްރާ ދަތުރެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!