މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިަމރީގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ކެމްޕެއިން ދަތުރުފުޅެއްގައި ފުވައްމުލައް ސިޓީ އަށާއި ހުވަދު އަތޮޅަށް ފުރާވަޑައިގެންފިއެވެ.

އެހެންނަމަވެސް ރައީސް ސާލިހުގެ ކެމްޕެއިން އޮފީހުން މި ދަރުފުޅުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

Ad
rt

މި ޖެނުއަރީ މަހުގެ 28 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ސާލިހާއި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މި ދެ ބޭފުޅުން ވެސް ކެމްޕެއިން ފައްޓަވާފައިވާއިރު، ސާލިހު ވަނީ ފާއިތުވެދިޔަ ހަފްތާގައި ހއ، ހދ، ށ އަދި ލ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލޭގައި ރޭ ވަނީ ކެމްޕޭންގެ ބޮޑު ޖަލްސާއެއް ބާއްވާފައެވެ.

މީގެ އިތުރުން މިމަހުގެ 13 އިން 15 އަށް އައްޑޫ ސިޓީގެ ރަށްތަކަށް ވެސް ވަނީ ކެމްޕެއިން ދަތުރެއް ކުރައްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް އުތުރުގެ ރަށްތަކަށް ކުރެއްވި މި ދަތުރުފުޅުގައިވަނީ ތަރައްގީގެ ބައެއް މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވާފައިވާއިރު، އޭގެތެރޭގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ފައްޓަވާ ދެއްވުން ހިމެނެއެވެ.

ކެމްޕެންގައި ރައީސް ސާލިހު މިހާރުވަނީ ރ. ބ. ޅ. ހއ. ހދ ށ. ނ. އަތޮޅަށް ޒިޔާރަތް ކުރައްވާފައެވެ.