މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ރޭ މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުުލުހުންގެ މީީޑިއާ އޮފިޝަލަކު ވިދާޅުވީ ރޭ މެންދަމު 00:37 ހާއިރު އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad
rt

''ލޮނުޒިޔާރަތް މަގު ޗާކޯލް ކެފޭ ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު ރޭ 00:37 ފުލުހުންނަށް ހުށަހެޅިފައިވޭ'' ފުލުހުން ވިދާޅުވިއެވެ.

މި ހަމަލާގެ ސަބަބުން އަނިޔާ ވެފައި ވަނީ އުމުރުން 30 އަހަރުގެ ފިރިހެނަކަށެވެ. އެމީހާ އަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ އިތުރަށް ތަހްގީގު ކުރައްވަމުން ގެންދަވާ ކަމަށެވެ.