ވަޒީފާ ބޭނުންވާ ފަރާތްތަކާއި، ލިބެން ހުރި ވަޒީފާތަކުގެ މައުލޫމާތު އެނގޭގޮތަށް ސަރުކާރުން ހެދި "ޖޮބް ސެންޓަރު" ގެ ވެބްސައިޓަކީ މިކަމަށް އޮތް ހައްލެވެ.

މިއީ ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހަ އެކެވެ.

Ad
rt

ކުރިއަށް އޮތް ތަނުގައި މި ޕޯޓަލް ވެގެންދާނީ ވަޒީފާ ހޯދާ ފަރާތްތަކުން ވަޒީފާ ބޭނުންވެގެން އެންމެ ފުރަތަމަ ބޭނުންކުރާ ޕޯޓަލް އަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓަރު މި ވެބްސައިޓް ލޯންޗްކުރި ރަސްމިއްޔާތުގައި ވިދާޅުވި އެވެ.

"ޖޮބް ސެންޓަރަކީ މިއަދުގެ މާހައުލަށް އެކަށީގެންވާ ފުރިހަމަ އަށް ބައްޓަންވެފައިވާ ޕްލެޓްފޯމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން"

މިނިސްޓާ ވިދާޅުވި އެވެ.

އޮކޮނޮމިކް މިނިސްޓަރު ވިދާޅުވީ، މި ސެންޓަރުގެ އެހީގައި ސިޔާސަތު ކަނޑައަޅާ މީހުންނަށް އެހީވެދެވޭނެ ކަމަށާއި އެގޮތުން، އިންޑަސްޓްރީން ބޭނުންވާ ވަޒީފާތައް ލިސްޓު ކުރެވުމުން ބޭނުންވަނީ ކޮން ކަހަލަ ވަޒީފާތަކެއްކަން އެނގޭނެ ކަމަށް މިނިސްޓާ ވިދާޅުވި އެވެ.

"އެއަށް ބިނާކޮށް އަޅުގަނޑުމެންނަށް ސަރުކާރުގެ ފަރާތުން އެ ސްކިލްތައް ރައްޔިތުންނާއި ވަޒީފާ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށް ދެވޭނެ"

މިނިސްޓަރު ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ވަޒީފާ ބޭނުންވާ ފަރާތްތައް އެބަތިބި ކަމަށް ބަލާނީ މި ޕޯޓަލްގައި ރަޖިސްޓްރީ ކުރާ ފަރާތްތަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ. އަދި މި ޕޯޓަލްގައި ހުންނަ ވަޒީފާތަކަށް ދިވެހިން ނުލިބުމުން ނޫނީ ބިދޭސީންވެސް އެވަޒީފާތަކަށް ނުނަގަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ޖޮބް ސެންޓަރުގެ ވެބްސައިޓަކީ " ޖޮބްސެންޓާ.އެމްވީ" އެވެ. މިނިސްޓްރީން ވަނީ ވަކީ ހާއްސަ ޑިޕާޓްމަންޓެއް ހަދައިގެން ޖޮބް ސެންޓަރުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައެވެ.