ތިލަދުންމައްޗަކީ ވަރަށް ވަރުގަދަ ޤައުމީ ބަޠަލުންތަކެއް، ޤައުމީ ފަހުލަވާނުންތަކެއް އުފެއްދި އަތޮޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް 2019، ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ހއ. ދިއްދޫގައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ

”ތަޢުލީމީ ދާއިރާގައި ރަންވަނަތައް އަޅުގަނޑުމެން ފާހަގަކުރާއިރު، އަޅުގަނޑުގެ ހަނދާނަށް ގެންނަންޖެހޭ، ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގަވެސް، ހުރިހާ ރަށްތަކެއްގަވެސް، ގިނަގުނަ ޚިދުމަތްތެރިން އެބަތިބިކަން. އަޅުގަނޑުމެން ހަނދާނަށް އެބަގެންނަންޖެހޭ އަޅުގަނޑުމެންގެ ޤައުމު މިހާހިސާބަށް، އަޅުގަނޑުމެންނާ ހަމައަށް ގެނަސްދިނުމުގައި، ގިނަގުނަ މަސައްކަތްތަކެއް، ގިނަގުނަ ޤުރުބާނީތަކެއްވި ވަރަށްގިނަ ބަޔަކުވާކަން،“

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް އިތުރަށް ވިދާޅުވީ ޤައުމެއް ކުރިއަރާދާނީ އުފެއްދުންތެރި، ހުނަރުވެރި، ވަރުގަދަ ޖީލެއް އުފެއްދިގެން ކަމަށާއި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭފަދަ ޚިދުމަތްތެރި ފަރާތްތަކުގެ އަގު ވަޒަން ކުރުމަކީ އެފަރާތްތަކަށް ދެވޭ އިތުރު ހިއްވަރެއް ކަމުގައެވެ.