ށ. ނޫމަރާ ބަނދަރާއި ނެރު ފުންކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.

ޕްލޭނިން މިނިސްޓްރީން މި މަސައްކަރް ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

Ad
rt

އާބާދީގައި 518 މީހުން ދިރިއުޅޭ ނޫމަރާއަކީ ބިމުގެ ޖާގައިގެ ގޮތުން 41 ހެކްޓަރުގެ ބޮޑުމިން ހުރި ރަށެއްކަމުގައި ވީނަމަވެސް، އެ ރަށަކީ ގުދުރަތީ ފަޅު ކުޑަ ގާމަތީ ރަށެކެވެ. އެ ރަށުގައި އާންމު ގޮތެއްގައި ދިރިއުޅުމަށް ކުރާ މަސައްކަތަކީ މޫސުމީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. އެގޮތުން ކަނޑު މަހަށްދާ 8 ދޯނިފަހަރު މިރަށުގައި މިހާރުވެސް އޮވެއެވެ.

ޒަމާނުއްސުރެ ވެސް ނޫމަރާ ބަނދަރަކީ ކަނޑު ގަދަވާއިރު ބޭނުންކުރުމަށް ދަތި ބަނދަރެކެވެ. ހާއްސަކޮށް ހުޅަނގުގައި ހަޅަޖަހާ ރާޅު ބިންދާއިރު ނެރު ބޭނުންކުރުމަކީ އަދި ވަކިން އުނދަގޫ ދަތިކަމެކެވެ. އެގޮތުން 2021 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ބަނދަރަށް ވެލިއަރާ ތިލަވުމުގެ ސަބަބުން ނެރުގެ ބޭނުން ވަނީ އެއްގޮތަކަށްވެސް ރަނގަޅަށް ނުކުރެވިފައެވެ.

މިހާރު ނިމިފައިފައިވާ ބަނދަރާއި ނެރު ފުންކުރުމުގެ މަޝްރޫއުގެ ސަބަބުން ނޫމަރާގެ ރައްޔިތުންނަށް ނެރާއި ބަނދަރު ބޭނުންކުރުމުގައި ދިމާވަމުންދިޔަ ދަތިތަކަށް ހައްލު ލިިބިގެންދާނެ ކަމަށާއި އޮޑިދޯނިފަހަރު ނެރުން ވަދެ ނިކުތުމުގައި އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 6,347 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ.