3 އަހަރުގެ ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ރާއްޖޭގެ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް ޖެންޑަރ މިނިސްޓްރީއާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.

Ad
rt

އެކަމާ ގުޅިގެން ޖެންޑަރ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކުޑަ ކުއްޖަކު ބަލިވެއިންކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތައް ވަގުތުން ފުރިހަމަކުރި ކަމަށެވެ.

އަދި ތުހުމަތުކުރެވޭ ބޮޑެތި މީހުންނާމެދު ފިޔަވަޅު އަޅައިދިނުމަށް ތަޙުޤީޤީ އިދާރާއަށް ރަސްމީކޮށް އެދިފައިވާކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މިމައްސަލަ އާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު މަޝީދުވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 13 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ނާޖާއިޒު ބޭނުން ހިފާ ޖިންސީ ގޯނާކޮށް އޭގެ ނަތީޖާއިން އެކުއްޖާ ބަލިވެ އިނދެ އެކުއްޖާއަށް ދިން އަނިޔާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިކަމުގައި އިހުމާލު އިދާރާތަކާއި ހިތްވަރުދިން ފަރާތްތަކަށް އަދަބު ލިބެންޖެހޭ ކަމަށެވެ.