ކ. ގުޅީގައި އޮޑިދޯނި ފަހަރަށް ފެނުގެ ހިދުމަތް ދޭން ސްޓެލްކޯއިން ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ ގުޅީގައި އެ ހިދުމަތް ފެށީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
މި ހިދުމަތް ފެށުމުގެ ގޮތުން ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ދޯންޏަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން އޮޑި ދޯނިފަހަރަށް ފެން ވިއްކަމުން ގެންދާނީ ތިން ބޭންޑަކަށް ބަހާލައިގެންނެވެ. އެގޮތުން ބޭންޑް "އޭ" އަށް 10 ރުފިޔާ، ބޭންޑް "ބީީ" އަށް 12.50 ރުފިޔާ އަދި ބޭންޑް "ސީ" އަށް 13.50 ރުފިޔާގެ މަގުން ފައިސާ ނަގާނެ ކަމަށް އެކުންފުނިން ބުންޏެވެ.
ގުޅީގެ އިތުރުން ސްޓެލްކޯއިން އަންނަނީ އދ. މަހިބަދޫ އާއި ކ. ގާފަރުގައިވެސް އޮޑި ދޯނިފަހަރަށް ފެން ވިއްކުމުގެ ހިދުމަތް ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!