ކުޑަަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުން ފާހަގަކުރުމުގެ ގޮތުން ޙާއްސަ ހަރަކާތެއް މަކުނުދޫގައި ކުރިއަށް ގެންގޮސްފި އެވެ.

19 ނޮވެމްބަރ އަކީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެވެ. މިކަން ފާހަގަ ކުރުމުުގެ ގޮތުން އިއްޔެ ވަނީ މަކުނުދޫ ކައުންސިލާއި އެރަށުގެ އުންމީދީ ޕުރީސުކޫލާއި ގުޅިގެން ޙާއްސަ އަތު ގުޅާލުމުގެ ހަރަކާތެއް ހިންގާފައެވެ.

Ad
rt

މިޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އުންމީދީ ޕުރީސުކޫލުގެ މިއަހަރު ޕޯޓުފޯލިއޯ ހަވާލުކުރުމުގެ ޙަފުލާއަށް ފަހު ސުކޫލުގެ ގޯތި ތެރޭގައެވެ. މިޙަރަކާތުގައި އެސުކޫލުގެ ގިނަ އަދަދެއްގެ ބެލެނިވެރިންނާއި، ދަރިވަރުން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން ކައުންސިލުގެ ރައީސާއި ސުކޫލުގެ އިސްވެރިޔާ ބައިވެރިވެލެއްވިކަން ފާހަގަ ކޮއްލެވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާ މިހާރު ރާއްޖޭގައިވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާކަން ހިތާމައާއިއެކު ފާހަގަ ކޮއްލަންޖެހެއެވެ. އަދި މިކަން ހައްލުކުރުމަށްޓަކައިވެސް ސަރުކާރުން ގިނަގުނަ މަސައްކަތް ކުރަމުންދާކަންވެސް ފާހަގަ ކުރެވެއެވެ. ކުޑަކުދިންނަކީ އަޅުގަނޑުމެންގެ މުސްތަޤުބަލު ކަމުގައި ވީހިނދު، އެކުދިންނަށް ރައްކާތެރި ވެއްޓެއް ފޯރުކޮއްދިނުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެކެވެ.