ރީހެބިލިޓޭޓް ނުކުރެވޭ ވެލާ ކަހަނބު ރާއްޖެއިން ބޭރަށް ފޮނުވުމުގެ ހުއްދަ ދޫކުރުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
އެ އޭޖެންސީން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ވެލާކަހަނބުތަކުގެ ތެރެއިން އެކި ބާވަތުގެ އަނިޔާ ލިބުމުގެ ސަބަބުން ނުކުޅެދުންތެރިކަން ލިބިފައިވާ، އަލުން އަނބުރާ އޭގެ ޤުދުރަތީ މާހައުލަށް ދޫނުކުރެވޭ ވެލާ ކަހަނބު ރާއްޖެއިން ބޭރުގެ 'އެކުއޭރިއަމްތަކަށް' އެކްސްޕޯޓް ކުރުމުގެ ހުއްދަ ދޫކުރުން ވަގުތީގޮތން މެދު ކަނޑާލާފައިވާ ކަމަށެވެ.
އެ އޭޖެންސީއިން ދޫކުރަމުންއައި ޚާއްސަ ހުއްދަ ދޫކުރުން މެދުކަނޑާލާފައި ވަނީ "ވެލާ ކަހަނބުގެ މެނޭޖްމަންޓް ޕްލޭން" ނިންމައި ގެޒެޓް ކުރެވެންދެންނެވެ.
އެ އޭޖެންސީން އިތުރަށް ވިދާޅުވެފައި ވަނީ މިކަމާގުޅޭގޮތުން ވަކިގޮތެއް ނިންމައި އެ އޭޖެންސީއިން އަންގައި އިޢުލާން ކުރަންދެން، އެ ހުއްދަ ދިނުން ހުއްޓާލާފައިވާކަން މި މަސައްކަތާ ގުޅުންހުރި ހުރިހާ ފަރާތަކަށް އަންގާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!