"ބަދަހި މިތުރުންގެ ހަދިޔާ" ގެ ނަމުގައި ފޮތެއް ނެރެފި އެވެ.

މި ފޮތަކީ ކްްލަބްހައުސްގައި "ބަދަހި މިތުރުން"ގެ ނަމުގައި ހިންގާ ގްރޫޕުން ނެރުނު ފޮތެކެވެ.

Ad
rt

'ތިލަދުން' އަށް މައުލޫމާތު މަޢުލޫމާތު ދެމުން އެފަރާތުން ހާމަކޮށްފައިވަނީ، އަމިއްލަ އަދަބީ އުފެއްދުންތައް ހިމެނޭ މިފޮތުގައި، ޅެން، ބަނދި، ލަވަ، މަދަހައިގެ އިތުރުން ޑްރާމާއާއި ސަމާސާ އަދަބު ގެ ލިޔުންތައް ހިމެނޭނެ ކަމަށެވެ.

"ބަދަހި މިތުރުން"ގެ އަހަރީ ދުވަހާ ދިމާކޮށް މި ފޮތް ނެރެފައިވަނީ 30 ޑިސެންބަރު 2022 ވަނަދުވަހުގެރޭ 8:15 އިން 10:30 އަށް ޝީ ބިލްޑިންގ ގައި "ބަދަހި މިތުރުންގެ ދަރުބާރު" ގެ ނަމުގައި ބޭއްވި ބައްދަލުވުމުގަ އެވެ. މި ފޮތް ނެރެދެއްވީ ރާއްޖޭގެ މަޝްހޫރު ފިލްމީތަރި ދަރާ މުޙައްމަދު ރަޝީދު އާއި ކުޅަދާނަ ޝާޢިރު ކުޅުދުއްފުށީ ސިޓީ އާދަމް އިބްރާހީމެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން "ބަދަހި މިތުރުން" ގެ ޓީމަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ ބައިވެރިން މި ދަރުބާރުގައި ބައިވެރިވެފައިވާއިރު، އެކިސަބަބުތަކާހެދި ދަރުބާރަށް ހާޒިރު ނުވެވުނު ބައިވެރިން އޮންލައިންކޮށް ވެސް ވަނީ ބައިވެރިވެފަ އެވެ. މި ދަރުބާރުގައި މުނި ފޫހި ފިލުވުމުގެ ގިނަ ޙަރަކާތްތަކެއް ވެސް މި ދަރުބާރުގައި ވަނީ ހުށައަޅާފަ އެވެ.

ބަދަހި މިތުރުންގެ ފަރާތުން ވިދާޅުވީ މިފޮތުގެ ޕްރިންޓް ކޮޕީއެއް ރާއްޖޭގެ ކޮންމެ ސްކޫލަކަށް ހަދިޔާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ގްރޫޕުގެ ދެވަނަ އަހަރީ ދުވަހާ ދިމާކޮށް މީގެ ދެވަނަ ފޮތެއް ނެރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް އެ ގްރޫޕުން ވަނީ ވިދާޅުވެފަ އެވެ.