މާލޭގެ ރަސްމީ ފާލަމާއި ތިން ނަންބަރު ޖެޓީ އާއި ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައި ހުރުމުން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، މާލޭގެ ރަސްމީ ފާލަމާއި ތިން ނަންބަރު ޖެޓީ އާއި ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފަ ހުރިކަމުގެ މަޢުލޫމާތު އެ އިދާރާގެ އެމްއާރުސީސީއަށް ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ސަރަހައްދަށް ކަޅުތެޔޮ އެޅިފައިވާ ކަމުގެ ރިޕޯޓު އެމްއެންޑީއެފަށް ކޮށްފައި ވަނީ މިއަދު ހެނދުނު 09:10 ހާއިރު އެވެ.
''މި މައުލޫމާތު ލިބުމާއިއެކު ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމު ދަނީ މޫދަށް އެޅިފައިވާ ކަޅުތެޔޮ ނެގުމުގެ މަސައްކަތް ކުރަމުން'' އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި މަސައްކަތުގައި ކޯސްޓްގާޑުގެ ސިފައިންނަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި މާލެ އޭރިއާ މެރީންސާއި މެރިން ޕޮލީސްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެ ސަރަހައްދަށް ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައިވާ ސަބަބު ހޯދުނުކަން އަދި ކަމާބެހޭފަރާތްތަކުން ހާމައެއް ނުކުރަށްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!